އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރ ކުރަމުންދިޔަ 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ސާފުތާހިރުކަން ނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ 18 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ސާފުތާހިރުކަން ނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ 18 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިމިގްރޭޝަނުން ބުނީ އިމިގްރޭޝަންގެ ޓާސްކްފޯސްއިން ރޭ ހިންގި ރެއިޑު އޮޕަރޭޝަންގައި މާލޭގެ ދިލްކުޝާ ގޯޅީގައި އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރ ކުރަމުންދިއަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ 4 އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ބިދޭސީން ތައްޔާރުކޮށް ވިއްކަމުން ދިޔަ ކާބޯތަކެތި

އެ ތަނުގައި ގަވާއިދާ ހިލާފަށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދިއަ 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވެސް ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 11 ވިޔަފާރިއެއް ބަންދުކޮށްފައިވެ އެވެ. މި 11 ވިޔަފާރި ބަންދުކުރުމަށް ނޯޓިސް ދިން ސަބަބުތަކުގެ ތެރޭގައި، ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތުން ހިމެނެ އެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" ގެ ނަމުގައި ހާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފަ އެވެ. މިއީ އިކޮނޮމިކް މިނިސްޓްރީ އާއި ހޯމްލޭންޑް މިނިސްޓްރީ އަދި ފުލުހުންނާއި އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓާސްކް ފޯހެކެވެ.