ހިޔާ ފްލެޓްތަކުގެ ކުއްޔަށް ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާކަމަށް އެޗްޑީސި އިން ބުނެފިއެވެ.
އެޗްޑީސީ އިން އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް، ހިޔާ ފްލެޓް ތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފްލެޓް ތަކުގެ އަގަށް އައިސްފައިވާ ބަދަލު "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ކަމަށެވެ.
އެހެންކަމުން ހިޔާފުލެޓު ގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ މީހުން އާންމުކޮށްފައިވާ ލިޔުމުގައިވާލިންކުމެދުވެރިކޮށް ލިޔުމުގައި ބުނެފައިވާ އެއްބަސްވުމުގެ އިސްލާހު ފުރިހަމަ ކުރުމަށް އެޗްޑީސީ އިން އިލްތިމާސްކޮށްފައިވެއެވެ.
މިއީ ހިޔާ ފުލެޓް ލިބިފައިވާ މީހުންނަށް ސަރުކާރުން ދިން ލުއިތައް ރަސްމީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެޗްޑީސީން ބުނެއެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ފްލެޓް ލިބުނު މީހުންގެ އަމިއްލަ އަތުން ކުރި ހަރަދު އަނބުރާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ރައީސްގެ އެ ވައުދު ފުއްދުމަށްޓަކާ ހިޔާ ފްލެޓްތަކުގެ ކުލިން 200،000ރ. ކުޑަކޮށްދޭން ސަރުކާރުން މިދިޔަ އަހަރު ނިންމިއެވެ.