"ސިލޯނާއެކު ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދާ މީޑިއާތަކުގެ ހާއްސަ ޓެލެތޯން ފަށައިފި އެވެ.

"ސިލޯނާއެކު ދިވެހިން" މީޑިއާތަކުގެ ހާއްސަ ޓެލެތޯން ފަށައިގެން ކުރިއަށް
"ސިލޯނާއެކު ދިވެހިން" މީޑިއާތަކުގެ ހާއްސަ ޓެލެތޯން ފަށައިގެން ކުރިއަށް

މި ޓެލެތޯނަކީ ލަންކާއަށް ތޫފާން "ޑިޓުވާ"ގެ ސަބަބުން ކުރަމުންދާ ބޯ ވިއްސާރައާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް ދިވެހި މީޑިއާތަކުން ކުރިއަށް ގެންދާ ޓެލެތޯނެކެވެ.

"ސިލޯނާއެކު ދިވެހިން" މީޑިއާތަކުގެ ހާއްސަ ޓެލެތޯން ފަށައިގެން ކުރިއަށް
"ސިލޯނާއެކު ދިވެހިން" މީޑިއާތަކުގެ ހާއްސަ ޓެލެތޯން ފަށައިގެން ކުރިއަށް

މިއަދު ހެނދުނު 9އިން ފެށިގެން މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށް ގެންދާ މި ޓެލެތޯންގައި 30 އަށްވުރެ ގިނަ މީޑިއާއަކުން ބައިވެރިވެ އެވެ. މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރު އަދި ޕްރައިވެޓް ހުރިހާ އިދާރާ، އޮފީސްތަކަށާއި ޖަމިއްޔާތަކަށް އަދި އާންމު ރައްޔިތުންނަށް ހުޅުވާލާފައިވެ އެވެ.

ޓެލެތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔާމިން ރަޝީދު ވިދާޅުވީ މިއީ ލަންކާއަށް ކުރިމަތިވެފައިވާ ހިތްދަތި ޙާދިސާގައި، އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ރައްޔިތުންގެ ބައިވެރިވުން ދައްކައިދިނުމަށް ކުރިއަށްގެންދާ ޓެލެތޯންއެއްކަމަށެވެ. އަދި ޕީއެސްއެމްގެ ސްޓޫޑިއޯއަށް ގޮސްގެން ވެސް މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި މީޑިއާތަކުން ވެސް ފަންޑަށް ފައިސާ ހަދިޔާކޮށްފައިވެ އެވެ.

"ސިލޯނާއެކު ދިވެހިން" ފަންޑަށް މީޑިއާތަކުން ފައިސާ ޖަމާކޮށްފައިވޭ / ފޮޓޯ: ޕީއެސްއެމް

ޓެލެތޯން ކުރިއަށްދާއިރު މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ. އަދިކިއުއާރު ކޯޑް ސްކޭންކޮށްގެން ވެސް ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ. އަދި ނަގުދު ފައިސާ، ޓްރާންސްފަރ އަދި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެއެވެ.

މި ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ޚާއްސަ އެކައުންޓެއް ހަދާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ އެކައުންޓްތައް

"ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ އޮޑިޓް ފަރމެއްގެ ގޮތުގައި ހަމަޖައްސާފައިވަނި ކްރޯ މޯލްޑިވްސް އެވެ.