ގދ. ތިނަދޫގައި ހަށިވިއްކަމުންދަނިކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ތިނަދޫ ގައި ފައިސާއަށް ހަށިވިއްކަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ނޮވެމްބަރ 28 ވަނަ ދުވަހުގެ ރޭ 23:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި އެރަށުގެ ގެ އެއް ބަލާފާސްކޮށްފައިވާކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ދެ މީހުންވެސް ހައްޔަރުކުރީ ބަދުއަހުލާގީ އަމަލުހިންގަމުންދަނިކޮށް ކުށުގެ ވެށިންކަމުގައެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފިރިހެން މީހާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާކަމަށާއި އަންހެން މީހާ ވަނީ 4 ދުވަހުގެ މުއްދަތެއް ޖަހާފައިކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.