ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ކުރިއަށް އޮތް 24 ގަޑިއިރު އެ ގައުމަށް ހިލޭ ގުޅޭނެ އިންތިޒާމު އުރީދޫ މޯލްޑިވްސްއިން ހަމަޖައްސައިފި އެވެ.
އުރީދޫއިން ބުނީ މިއީ މި ދަނޑިވަޅުގައި ލަންކާގައި ތިބި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވުމުގެ ގޮތުން ހުޅުވާލި ފުރުސަތެއް ކަމަށެވެ.
ހިލޭ ގުޅޭ 24 ގަޑިއިރުގެ މުއްދަތުގައި ކޮންމެ ކޯލް ސެޝަނެއްގެ ފުރަތަމަ ފަސް މިނެޓު މުޅިން ހިލޭ ކަސްޓަމަރުންނަށް ލަންކާއަށް ގުޅޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތައްޔާރަށް ތިބުން ކަމަށެވެ.
ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރަގައި 600 އަށް ވުރެ ގިނަ ގެއަށް ގެއްލުންވެ، މަރުވި މީހުންގެ އަދަދު ވަނީ 56 އަށް އަރާފަ އެވެ.