އުރީދޫ މޯލްޑިވްސް އިން ބޭނުން ކުރަމުން އަންނަ އިލެކްޓްރޯނިކް ނޯ ޔޯ ކަސްޓަމާ (އީކޭވައިސީ) ސޮލިއުޝަން ގަތަރުގެ ދޯހާގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފި އެވެ.
އުރީދޫގެ ޑިޖިޓަލް ސިމް އެކްޓިވޭޝަން ޗެނަލްތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ މި ސިސްޓަމަކީ ޑިޖިޓަލް ހިދުމަތްތަށް އިތުރަށް ފުރިހަމަ ކުރުމަށް އޭއައި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އިންޑަސްޓްރީ ލީޑިން ސްޕީޑް އަދި ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ސޮލިއުޝަނެއް ކަމަށް އެ ކުންފުން ބުނެފައިވެ އެވެ.
މި ސިސްޓަމް މެދުވެރިކޮށް އައިޑީ މައުލޫމާތު ނަގައި، ލައިވްނެސް ޗެކްކޮށް، ފޭޝަލް އައިޑެންޓިޓީއާ އެއްގޮތްކޮށް، އޮޓޮމެޓިކުން ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބި، މީގެ ކުރިން މި ޕްރޮސެސް ކުރިއަށް ދިޔަގޮތާ އަޅާ ބަލާއިރު ކަސްޓަމަރުންގެ ތަޖުރިބާ ފަސޭހަ ކޮށްދެވިފައިވާ ކަން ފާހަގަކުރެވެއެވެ.
އެގޮތުން ފާސްޓް އޮންބޯޑިން 60 ސިކުންތުން 10 ސިކުންތަށް ކުޑަކުރުމާއި އިންސްޓަންޓް ސިމް އެކްޓިވޭޓްކުރުން 90 ޕަސެންޓަށް ވުރެ ގިނަ ރަޖިސްޓްރޭޝަން މިހާރު އޮޓޮމެޓިކުން އެޕްރޫވް ކުރެވުމުގެ އިތުރުން ފްރޯޑްތަކުގެ އަދަދު މަދުވެ ފޭކް އައިޑީ އަދި ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާ ފޮޓޯތައް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވުން އަދި ފޯނު މެދުވެރިކޮށް ލައިނުގައި މަޑުނުކޮށް ވަގުތުން އެކްޓިވޭޓް ކުރެވުން ފަދަ ފަސޭހަތައް ހިމެނެއެވެ.
މީގެ އިތުރުން އިތުބާރާއި، ރައްކާތެރިކަމާއި، އެފިޝިއެންސީ ގެ ގޮތުން އޭއައި ބޭނުންކުރެވޭ މި ސިސްޓަމްގައި މަލްޓި ލޭޔާޑް ވެރިފިކޭޝަން ޕްރޮސެސްއެއް ހިމަނާފައިވާއިރު ކެމެރާ ބޭނުންކޮށްގެން އައިޑީ އަދި ސެލްފީ ނެގުމާއި އޭއައި އޯސީއާރު ބޭނުންކޮށްގެން މައުލޫމާތު އެކްސްޓްރެކްޓް ކުރުމާއި ވެލިޑޭޓް ކުރުމުގެ އިތުރުން އެޑްވާންސްޑް ލައިވްނެސް އަދި އެންޓި-ސްޕޫފިން ޗެކްތަކާއި ފޭސް-ޓު-އައިޑީ މެޗުކުރުމާއި ޑޭޓާބޭސް ޗެކްކުރުން އަދި ކޮންފިޑެންސް ތްރެޝްހޯލްޑް އެޕްރޫވަލް ލިބުމާއެކު ވަގުތުން ސިމް އެކްޓިވޭޓް ކުރުން ހިމެނޭނެކަމަށް އުރީދޫއިން ފާހަގަކޮށްފައިވެއެވެ.
އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި ވަރަށް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.