ގަތަރު ޓްރެވެލް މާޓް ގައި ރާއްޖެ ތަމްސީލުކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނީ މިކަން އިސްނަގައިގެން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ)އިންކަމަށެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރ މަހުގެ 24-26 އަށް ދޯހާ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓާ (ޑީއީސީސީ) ގައިއެވެ.
މީގެ އިތުރުން ރާއްޖޭގެ ސްޓޭންޑް ކުރިއަށް ގެންދާނީ މޯލްޑިވްސް ޑެލިގޭޝަންގެ ލީޑް އޯގަނައިޒާގެ ހައިސިއްޔަތުން މަޓާޓޯއިންކަމަށް ވެސް ބުނެފައިވެއެވެ. އަދި މިކަމުގައި އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ސްޓްރެޓެޖިކް ޕާޓްނަރެއްގެ ގޮތުގައި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އާ ގުޅިގެން މަސައްކަތް ކުރާނެކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފައިވެއެވެ.
މި ކޯލަބްރޭޝަންގެ ސަބަބުން ރާއްޖޭގެ މަގާމު މިހާރު 60 ގައުމަކުން 300+ އެގްޒިބިޓަރުންނާއި ގާތްގަނޑަކަށް 12،000 ޒިޔާރަތްތެރިންގެ ޝޯއެއްގައި އެންމެ ފެންނަ އެއް ޖަޒީރާ މަންޒިލެއް ގޮތުގައި ވަނީ ވެފައެެވެ.