އެމްޑީޕީގެ ޑިރެކްޓަރު ފޮރިން ރިލޭޝަންސްގެ މަގާމަށް ވަގުތީ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު, ހ. ޝޭޑީކޯނަރު ހާމިދު ޢަބްދުލްޣަފޫރު ހަމަޖައްސަވައިފި އެވެ.

ހާމިދު ޢަބްދުލްޣަފޫރަކީ މީގެ ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ވެސް ހާމިދު ގެންދަވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަމުންނެވެ.
ހާމިދު ޢަބްދުލްޣަފޫރާ މި މަގާމް ހަވާލުކުރެއްވީ މިއަދު މެންދުރު ފަހު އެމްޑީޕީގެ ސެކްރެޓޭރިއަޓް ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ޗެއަޕާސަން (ރީކޯ) މޫސާ މަނިކެވެ.