19 Jan 2018, 10:43
ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތު' އެއްވެސް ސްޓޭޓެއްގައި ދެއްކުން މަނައެއް ނުކުރެވޭނެކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.
ރާޖަސްތާން، ގުޖްރާތު، ހަރްޔާނާ އަދި މަދްޔަޕްރަދޭޝް ސްޓޭޓުން ވަނީ ސްޓޭޓްތަކުގައި ފިލްމު ދެއްކުން މަނާ ކުރުމުގެ ސަބަބުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ސުޕްރީމު ކޯޓުން ބުނީ އެއްވެސް ހާލަތެއްގައި އެ ފިލްމު އެޅުވުން މަނާ ނުކުރެވޭނެކަމަށެވެ.
ސުޕްރީމް ކޯޓުން ބުނީ ހަމަނުޖެހުން ހިންގަފާނެ ކަމަށް ބަލައި އެއްވެސް ސްޓޭޓަކަށް އެމީހުންގެ އަތުގައި އޮތް ބާރުގެ ބޭނުންކޮށްގެން ފިލްމު ދެއްކުން މަނާ ނުކުރެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު ބަޔާނާ ގުޅިގެން 'ޕަދްމާވަތު' އެ ސްޓޭޓް ތަކުގައި ދެއްކިދާނެ ކަމުގެ އުންމީދު ފިލްމުގެ ޓީމަށް ވަނީ ލިިބިފައެވެ.
ޕަދްމާވަތީ އަކީ އިންޑިއާގެ ހިންދޫންގެ ރާނީއަކާއި މުސްލިމް ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށްވާތީ ފިލްމުގެ މައްސަލަ އިންޑިއާގައި ވަރަށް ހޫނުވި އެވެ.
ދެ ބިލިއަން އިންޑިއަން ރުފީސް ހަރަދުކޮށްގެން އުފެއްދި އެ ފިލްމުގައި ހަރަކާތްތެރިވާނީ ދީޕިކާ ޕަދުކޯން، ރަންވީރު ސިންހް އަދި ޝާހިދު ކަޕޫރެވެ.
މަސްދަރު: ޓައިމްސްއޮފް އިންޑިއާ