ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ސްރީލަންކާގެ ރައީސް މަހިންދަރާޖް ޕަކްސައާއި ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙުމަތްތެރި ގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި ދެޤައުމުން އަހަންމިއްޔަތުކަންދޭ ކަންތައްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ.

އަދި މިއަހަރުގެ ނޮވެމްބަރުމަހު ރާއްޖޭގެ ދެކުނު ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓުގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދައްކަވާނެ ކަންތައްތަކާ ބެހޭގޮތުންނާއި، ސަރަޙައްދީ ބައެއް މައްސަލަތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ.