Back
Nov 23, 2025 SUN
SUN

'މައިލްސް ފޯ ސްމައިލްސް' ގެ މެއިން ސްޕޮންސަރަކަށް ރެއިޒްކްރައުން

'މައިލްސް ފޯ ސްމައިލްސް' ގެ މެއިން ސްޕޮންސަރަކަށް ރެއިޒްކްރައުން
Lead photo

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ބާއްވާ "މައިލްސް ފޯ ސްމައިލްސް" ޗެރިޓީ ދުވުމުގެ މެއިން ސްޕޮންސަރަކަށް ރެއިޒްކްރައުން ޕްރައިވެޓް ލިމިޓެޑް ހަމަޖައްސާ ސްޕޮންސަރުޝިޕްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރެއިޒްކްރައުންއާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކުރެވުނީ އެކަމަށްޓަކައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެއްބަސްވުމުގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްރައްޒާގު އިބްރާހީމެވެ. ރެއިޒްކްރައުންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިހުސާން އަހުމަދު ނަޒީރެވެ.

މައިލްސް ފޯ ސްމައިލްސްގެ މެއިސް ސްޕޮންސަރުގެ ގޮތުގައި ހަމަޖެއްސި ރެއިޒްކްރައުންއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ރައްޒާގު އިބްރާހީމް ވިދާޅުވީ މިއަދުގެ އެއްބަސްވުމާއެކު އެނގިގެންދިޔައީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި ރެއިޒްކްރައުން ދެއްވާ އަހައްމިއްޔަތުކަން ކަމަށެވެ. މީގެ އިތުރުންވެސް ކުޅިވަރާއި ކަސްރަތަށް މުޖުތަމައު ހޭލުންތެރިކުރުވަން ރެއިޒްކްރައުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއެކު ނުކުތުމުން އެފަރާތަށްް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް ވެސް ރައްޒާގު ވަނީ ވިދާޅުވެފައެވެ.

މައިލްސް ފޯ ސްމައިލްސްގެ މެއިސް ސްޕޮންސަރުގެ ގޮތުގައި ހަމަޖެއްސި ރެއިޒްކްރައުންއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރެއިޒްކްރައުންގެ ފަރާތުން ސޮއިކުރެއްވެވި އެ ކުންފުނީގެ ސީއީއޯ އަހުސާން އަހުމަދު ނަޒީރު ވިދާޅުވީ މި އެއްބަސްވުމަކީ އެ ކުންފުނީގެ ކޯ ވެލިއުސްތަކުގެ ދަށުން ކުޅިވަރާއި މުޖުތަމައުގެ އެހިނެހެންވެސް ތަރައްގީގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ފެށުން ކަމަށެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ތެރެއިން ރާއްޖޭގެ ކުޅިވަރަށް އަންނަ ރިވޮލިއުޝަންގެ ތެރެއިން މިފަދަ ކަންކަމުގައި މުސްތަގުބަލުގައިވެސް ރެއިޒްކްރައުންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

މައިލްސް ފޯ ސްމައިލްސްގެ މެއިސް ސްޕޮންސަރުގެ ގޮތުގައި ހަމަޖެއްސި ރެއިޒްކްރައުންއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ "މައިލްސް ފޯ ސްޕޯޓްސް" މާދަމާ ހަވީރު 4:30 ގައި އެކުވެނީގެ ފެށުމަށް ހަމަޖެހިފައިވަނީ ކުލަގަދަ ހަފްލާއަކާ އެކުގައެވެ. އެ ދުވުން 24 ގަޑިއިރަށް ކުރިއަށްދާނެއެވެ. ދުވުން ކުރިއަށްދާ 24 ގަޑިއިރުގައިވެސް އެކުވެނީގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ހަމަޖައްސައިފައެވެ.

"މައިލްސް ފޯ ސްމައިލްސް"ގައި 24 ގަޑިއިރު ދުވުމަށް ހަމަޖެހިފައި ވަނީ އިބްރާހިމް ސާއިދު އަލީއެވެ. އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ގިނަ ބަޔަކުވަނީ ދުވުމުގައި ބައިވެރިވެފައެވެ. އެގޮތުން 22 އޯގަނައިޒޭޝަނަކާއި ތިން މިނިސްޓްރީއެއްގެ އިތުރުން ގިނަ އަދަދެއްގެ އާންމުންނާއެކު ޖުމްލަ 3500 ދުވުންތެރިންވަނީ މިހާތަނަށް ދުވުމުގައި ރަޖިސްޓްރީ ވެފައެވެ.

މައިލްސް ފޯ ސްމައިލްސްއަކީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ހިންގާ 'ލެޓްސް ޕްލޭ" ކެމްޕެއިންއަށް ފަންޑު ހޯދުމަށް ކުރިއަށްގެންދާ ޗެރީޓީ ދުވުމެކެވެ. އެދުވުމުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics