18 Jan 2018, 14:12
ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެެޖެއް ކަމަށްވާ އެވިޑް ކޮލެޖުން، މެލޭޝިއާގެ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ (ޔޫޓީއެމް)ގެ ކޯސްތައް ހިންގުމަށް އެ ޔުނިވާސިޓީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއަކީ މެލޭޝިއާގެ ޕަބްލިކް ޔުނިވާސިޓީއެވެ.
މެލޭޝިއާގެ ޔޫޓީއެމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ފަރާތުން އެކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު އެއްބަސްވުމުގައި ސޮއިކުރެއްވިއިރު ޔޫޓީއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ މެނޭޖިން ޑިރެެކްޓަރު އަދި ސީއީއޯ ޕްރޮފެސަރު މޯހުޑް އަޒްރާއި ބިން ކާސިމްއެވެ.
އެވިޑު ކޮލެޖުން ބުނީ އެ އެއްބަސްވުމުގެ ދަށުން ޔޫޓީއެމްގެ ޓެކްނިކަލް އަދި ވޮކޭޝަނަލް ކޯސްތަކާއި އެކައުންޓިން ކޯސްތަކުގެ އިތުރުން އާކިޓެކްޗާ އަދި އިންފޮމޭޝަން ޓެކްނޮލަޖީގެ ގިނަ ކޯސްތަކެއް އެވިޑު ކޮލެޖުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޔޫޓީއެމްގެ ގިނަ ކޯސްތައް ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެވިޑުން ބުންޏެވެ.

މެލޭޝިއާގެ ޔުނިވާސިޓީ އޮފް ޓެކްނޮލަޖީގެ ކޯސްތައް އެެވިޑު ކޮލެޖުން ހިންގުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިިއްޔާތުގެ ތެރެއިން-- ފޮޓޯ: އެވިޑު ކޮލެޖު
އެވިޑުން ބުނީ ޔޫޓީއެމްގެ ރޮބޮޓިކްސް ކޮމްޕެޓިޝަނެއްވެސް އެ ކޮލެޖުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށެވެ.
މިިއީ ރާއްޖޭގެ ތާރީޚުގައި މެލޭޝިއާގެ ޕަބްލިކް ޔުނިވާސިޓީއަކާއެކު ދިވެހިރާއްޖޭގެ ޕްރައިވެޓް ކޮލެޖެއް އެމްއޯޔޫއެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ. ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ މެލޭޝިއާ އަކީ މެލޭޝިއާ އަދި އަދި އިރުމަތީ އޭޝިއާ ރީޖަންގައި ވަރަށް ފާހަގަކުރެވޭ މަޝްހޫރު ޔުނިވާސިޓީއެކެވެ.
ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ މެލޭޝިއާގެ އިތުރުން މެލޭޝިއާގެ އެތައް ޔުނިވަސިޓީއަކާއެކު އެވިޑް ކޮލެޖް ވަނީ އެފިލިއޭޝަންތައް ގާއިމު ކޮށްފައެވެ.