18 Jan 2018, 12:47
މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި މާލެ ސަރަޙައްދު ފިޔަވައި އެހެނިހެން ސަރަޙައްދުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ، އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކޮށްފި އެވެ.
މީލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާންމުކުރި އިއުލާނުގައި ޖުމްލަ 139 ވިޔަފާރިއެއްގެ ނަން އާންމުކޮށްފައިވާ އިރު، އޭގެ ތެރެއިން 60 ފަރާތަކަށް މީރާއިން ގުޅަން މަސައްކަތްކޮށް، ނުގުޅިފައިވާ ކަމަށް މީރާ އިން ބުނެ އެވެ.
މީރާ އިން އާންމު ކުރި ލިސްޓުގައިވާ 139 ފަރާތުގެ ތެރެއިން 30 ފަރާތަކީ ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކެވެ.
މީރާ އިން ވަނީ މީގެ ކުރިން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ، އަދި ޖީއެސްޓީ ނުދައްކާ 213 ވިޔަފާރިއެއްގެ ނަން އާންމުކޮށްފަ އެވެ.