ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސ)ީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ފުވާދު ގާސިމް އެމަގާމުން ވަކިކޮށްފި އެވެ.

ފުވާދު އެ މަގާމުން ވަކިކުރެއްވިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވަނީ "ސަން" އަށް ޔަގީންކޮށްދެއްވައިފަ އެވެ.

ނިޒާރު ވިދާޅުވީ ފުވާދު އެމަގާމުން އިއްޔެ ވަކިކުރެއްވީ އެމަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރުމަށް ކަމަށެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ފުވާދު އެ މަގާމަށް އައްޔަނުކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ.

ފުވާދު ވަނީ ހެލްތު މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީގެ ވެސް ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.