ހުސްވި އަހަރުގެ އޮކްޓޯބަރު / ނޮވެމްބަރުގައި ބޭއްވި ސާނަވީ އިމްތިހާނުތަކުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) އިން ބުނީ މިއަދުން ފެށިގެން އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށާނެ ކަމަށެވެ.

އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް ނަތީޖާ ދޫކުރާނެ ކަމަށާއި ރީޗެކަށް އެދި ހުށަހެޅުން އަންނަ މަހުގެ ހަތެއްގެ ނިޔަލަށް ހުޅުވާލާފައި ވާނެ ކަމަށް ވެސް ޑީޕީއިން ބުނެއެވެ.

ޕްރައިވެޓް ކެނޑިޑޭޓުންނަށް ޑީޕީއީ އިން ނަތީޖާ ދޫކުރާނީ ހެނދުނު އަށަކުން މެންދުރު ފަހު 1:45 އަށް ކަމަށާއި އިމްތިހާނު ހެދި ސެންޓަރުތަކުން ނަތީޖާ ލިބޭނީ ހެނދުނު 8:30 އިން މެންދުރު 1:30 އަށްް ކަމަށްވެސް ޑީޕީއީ އިން ބުނެއެވެ.

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގައި ޖުމްލަ 197 ސްކޫލަކުން 5587 ދަރިވަރުން ބައިވެރިވެފައިވާއިރު ޕްރައިވެޓް ސެންޓަރުތަކުން ބައިވެރިވެފައި ވަނީ 1538 ދަރިވަރުންނެވެ.