ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) މިއަހަރު އިންޑިއާގައި ބޭއްވުމަށް ނިންމާފައިވާ އިރު، އެ ހަފްލާ ބާއްވާނީ އިންޑިއާގެ ކޮންތަނެއްގައިކަން ކަނޑައެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ހައިރައިޒުން ބުނީ ސަޓާގެ ޓީމެއް މިހާރު އިންޑިއާއަށް ގޮސް، ސަޓާ އެވޯޑު ބާއްވާނެ ތަނަކާއި ބެހޭގޮތުން މަޝްވަރާތައް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގެ މަޝްހޫރު ޓާޖް ހޮޓެލްސް އެންޑް ރިސޯޓްސްގެ ގްލޯބަލް ވައިސް ޕްރެޒިޑެންޓް ރެނޫ ބާސޫއާ އެކު ސަޓާގެ ޓީމުން އިއްޔެ ވަނީ ބައްދަލުކޮށްފައެވެ.

ސަޓާ އެވޯޑު ބާއްވާނެ ތަނެއް ކަނޑައެޅުމުގެ މަޝްވަރާތައް ޓާޖް ހޮޓެލްސްގެ އިތުރުން އިންޑިއާގެ އެހެން ފަރާތްތަކާއެކު ވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް ހައިރައިޒުން ބުންޏެވެ.

އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަޓާ އެވޯޑަށްއޮންލައިންކޮށްނޮމިނޭޓްވުމުގެ ފުރުސަތު މާޗް 15 އާ ހަމައަށް ހައިރައިޒުން ވަނީ ހުޅުވާލައިފައެވެ. ނޮމިނޭޝަން ހުޅުވާލައިފައި ވަނީ 10 ސެގްމެންޓަކުން، 36 ކެޓަގަރީ ހިމެނޭ ގޮތަށް ކަމަށް ހައިރައިޒުން ބުންޏެވެ.

ސަޓާ އެވޯޑުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރުވެސް މަސައްކަތް ކޮށްފައިވަނި ސަން އޮންލައިނެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:

  • އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
  • ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
  • ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  • ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
  • ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  • މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  • ނޭޕާލް ޓޫރިޒަމް ބޯޑު
  • އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  • ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް