15 Aug 2011, 15:24
ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޯކަވިޗް އޭޓީޕީ ވޯލްޑް ޓުއާ މާސްޓާސް 1000 ގެ 5 ތަށި ކާމިޔާބުކޮށް ރެކޯޑް އާކޮށްފި އެވެ.
މާސްޓާސްގެ މޮންޓްރިއަލް ފައިނަލްގައި މާޑީ ފިޝްއާއި ވާދަކޮށް 6-2 އާއި 3-6 އާއި 6-4 ން ސެޓްތައް ކާމިޔާބުކޮށް އެއްސީޒަނެއްގައި އެންމެ ގިނަ މާސްޓާސްގެ މުބާރާތް ކާމިޔާބުކުރި މީހާގެ ރެކޯޑް ޖޯކޮވިޗްވަނީ ހޯދާފަ އެވެ.
ޖޯކޮވިޗް މިއަހަރު މުޅިއެކު ވަނީ ނުވަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެތެރޭގައި އޮސްޓްރޭލިއަން އޯޕަންސްގެ ގްރޭންޑް ސްލޭމްސް އާއި ވިމްބަލްޑަން މުބާރާތް ހިމެނެ އެވެ. ޖޯކޮވިޗް މިއަހަރު ބަލިވެފައި ވަނީ ފްރެންޗް އޯޕަންގެ ސެމީފައިނަލްގައި ރޮޖާ ފެޑެރާ އަތުންނެވެ. މިމަހު ފަހުކޮޅު ދެން ޖޯކޮވިޗް ފެންނާނީ ޔޫއެސް އޯޕަން މުބާރާތުގަ އެވެ.
ޖޯކޮވިޗްގެ ކެރިޔަރުގައި އެމެރިކާގެ މާޑީ ފިޝް އަތުން މޮޅުވި މިއީ ހަތް ވަނަ ފަހަރެވެ. ދުނިޔޭގެ ހަތް ވަނަ ކުޅުންތެރިޔާ މާޑީ ފިޝްއަށް ޖޯކޮވިޗް އަތުން އެންމެ ފަހަރަކު ވެސް މޮޅުވެފަ އެއް ނުވެއެވެ. މާޑީ ފިޝް އަތުން ޖޯކޮވިޗް މާސްޓާސް 1000 ފައިނަލުން ހަތަރު ފަހަރު މޮޅުވެފައި ވެއެވެ.
"އަހަރެން ލިބެމުންމިދާ ކާމިޔާބީތަކާއިހެދި އެއްވެސް ވަރުބަލިކަމެއްނެތް. މާޑީ އާއި އެކު ކުޅެލަން ލިބުނުކަމަށްޓަކަށް އުފާކުރަން. އަހަރެމެން ކުޅުނީ ވަރުގަދަ މެޗެއް. އަހަރެންނަށް ނަސީބުގެ ޕޮއިންޓަކެއް ފަހުސެޓްގައި ލިބުނު." ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޯކޮވިޗް ބުންޏެވެ.