ޕޯސްޓްގެ މަގުން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 890 ގްރާމްގެ މަސްތުވާތަކެތި، ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މަސްތުވާތަކެތި ފެނިފައިވަނީ އައްޑޫ ސިޓީއަށް ގެންދިޔަ ޕާސަލްއަކާ މެދު އައްޑޫ ސިޓީގެ ގަމުގައި ތިބި ކަސްޓަމްސް އޮފިސަރުންނަށް ޝައްކު އުފެދި، ތަކެތީގެ ވެރިފަރާތުގެ ޚާޒިރުގައި ބަލައިފާސްކުސރުމުގެ ތެރޭގައި ކަމަށެވެ.

އެތަކެތި ތަހުލީލުކުރިއިރު މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮސިޓިވް ވެފައިވާކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާއި ޕަރސަލްގެ ވެރިފަރާތް ފުލުހުންނާ ހަވާލުކުރެވިފައިވާއިރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ކަސްޓަމްސްއިން ބުންޏެވެ.