މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ 28 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ ހޯމަ ދުވަހު ކުރުނބާ މޯލްޑިވްސް ރިސޯޓްގައި ބާއްވަން މަޓީއިން ނިންމައިފިއެވެ.

މަޓީއިން ބުނީ އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި މަޓީގެ އާ އެގްޒެކެޓިވް ބޯޑު އިންތިހާބު ކުރާނެކަމަށެވެ.

ރާއްޖޭގެ ރިސޯޓުތައް ހިންގާ ފަރާތްތަކުގެ ޖަމިއްޔާ މަޓީގެ އެގްޒެކެޓިވް ބޯޑުގެ ޗެއާމަންގެ ގޮތުގައި މިހާރުވެސް ހުންނެވީ، އެ ޖަމިއްޔާ އުފެދުނީއްސުރެ ޗެއާމަންކަން ކުރެއްވި، ޔުނިވާސަލް އެންޓަޕްރައިސަސް ގްރޫޕުގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)އެވެ.

މަޓީގެ ޗެއާމަންގެގެ ނައިބުގެ ގޮތުގައި މިވަގުތު ހުންނެވީ ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހީމާއި، ކްރައުން ކޮމްޕެނީގެ ޗެއާމަން (ޗަމްޕާ) ހުސައިން އަފީފެވެ.

މަޓީއަކީ ފަތުރުވެރިކަމުގެދާއިރާގައި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް މާކެޓް ކުރުމެވެ.