17 Jan 2018, 14:48
އައްޑޫ ސިޓީ ފޭދޫގައި އިއްޔެ މެންދުރު ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް އަނިޔާވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންނަށް އެ މައްސަލަ ހުށައަޅާފައިވަނީ ރޭގެ ވަގުތެއްގައިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެފަދަ މައްސަލައެއް ހުށައަޅާފައިވާކަން އަދި ތަހިގީގު ކުރަމުންދާކަން ޔަގީން ކޮށްދެއްވާފައެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި އަނިޔާވެފައިވަނީ ހަތަރު އަހަރުގެ އަންހެންކުއްޖަކަށެވެ. އަންހެން ކުއްޖާގައިގައި ސައިލުން ޖެހުނު ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެއެވެ. އެމީހުން ބުނީ ސައިކަލު ދުއްވި މީހާ ފިލާފައިވާ ކަމަށެވެ.
އަނިޔާވި އަންހެން ކުއްޖާގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން "ސަން"އަށް ވަނީ ބުނެފައެވެ. އަދި އެ ކުއްޖާއަށް ފަރުވާ ދެމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.
މިދިޔަ އަހަރުވެސް އައްޑޫ ސިޓީގައި ވަނީ އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކު ނިޔާވެފައެވެ. އަދި މިދިޔަ ހަފްތާތެރޭގައި ވެސް ވަނީ އެ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކަށް އަނިޔާވެފައެވެ.
އެ މައްސަލައާ ގުޅުގެން މީހަކު އަދި ހައްޔަރު ނުކުރާކަން ވަނީ އެނގިފައެވެ.