ބްރޯޑްކާސްޓިން ކޮމިޝަންގެ ސްޓެރެޓިޖިކް ޕްލޭން އެކުލާލުވުމުގެ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަންގެ ނައިބް ރައީސް މުހައްމަދު ޝަހީބް މިއަދު ވިދާޅުވީ މިއަދު ބައްދަލުކޮށް މަޝްވަރާ ކުރީ ޓީވީ ބްރޯޑް ކާސްޓަރުންނާ ކަމަށެވެ. އަދި މާދަމާ ބައްދަލު ކުރާ ގޮތަށް ހަމަޖެހިފައި ވަނީ ރޭޑިއޯ ބްރޯޑް ކާސްޓަރުންނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަހީބް ވިދާޅުވީ މިހާތަނަށް ބައިވެރިވި ބޭފުޅުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްޓެރެޓިޖިކް ޕްލޭން އެކުލަވާލާ ނިމި މީޑިއާތަކާ ހިއްސާ ކުރާނެ ކަމަށް ޝަހީބް ވިދާޅުވި އެވެ.

މި ސްޓްރެޓެޖިކް އެކަޝަން ޕްލޭން އަކީ 2015 އަހަރާ ހަމައަށް ޢަމަލު ކުރުމަށް އެކުލަވާލާ ޕްލޭނެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން މިހާރު ވަނީ ބްރޯޑްކާސްޓް ކުރާ ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުނުކޮށް އެ ކޮމިޝަނަށް ފުރަތަމަ މައްސަލަ ހުށަހަޅައިގެން ބަލާ ގޮތަށް ފުލުހުންނާ ދެމެދު އެއްބަސްވުމަކަށް އައިސްފަ އެވެ.