17 Jan 2018, 10:13
މިއަދުން ފެށިގެން ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާ އަށް އެދި ހުށަހަޅާ ފޯމު ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް ކަމަށް މޯލްޑިވްސް އިމިގްރެޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން އިއްޔެ ނެރުނު "ދެންނެވުމެއްގައި" ބުނީ ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގެ ދަށުން ރާއްޖެ ގެނައުމަށް ބޭނުންވާ ބިދޭސިންގެ ވިސާ އެޕްލިކޭޝަން އާއި އެޕްލިކޭޝަން އާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް އެ ބިދޭސީއަކު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަހުގެ ފަސް ދުވަސް އީމެއިލް ކުރަންޖެހޭނެ ކަމަށެވެ. އީމެއިލް ކުރަން ޖެހޭ އީމެއިލް އެޑްރެހަކީ[email protected]އެވެ.
އީމެއިލް މެދުވެރިކޮށް ވިސާއަށް އެޕްލިކޭޝަން ހުށަހަޅާއިރު ކޮންމެ އެޕްލިކޭޝަނެއް ވެސް ހުށަހަޅަން ޖެހޭނީ ވަކި އީމެއިލްއެއްގެ ގޮތުގައި ކަމަށް އެމިގްރޭޝަނުން ބުންޏެވެ. ވިސާ އެޕްރޫވް ވެއްޖެކަން ވެސް އީމެއިލް މެދުވެރިކޮށް އަންގާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ވިސާ އެޕްރޫވް ވެފައިވާކަމުގެ އީމެއިލް ލިބުމުން ބިދޭސީ މީހާ ރާއްޖެ އައުމުގެ އެއް ގަޑިއިރު ކުރިން ވިސާ އެޕްލިކޭޝަން ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ އަަސްލު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަނަށް ހުށަހަޅައި ވިސާ ފީ ދައްކަންވާނެ ކަމަށް ވެސް އެ ދެންނެވުމުގައިވެ އެވެ.