16 Jan 2018, 19:47
ފާއިތުވި ތިން އަހަރު ތެލުގެ އަގު ނޫފުލޭ މިންވަރަށް މިއަހަރު ތެލުގެ އަގު އުފުލިއްޖެ އެވެ.
ތެލުގެ އަގު އުފުލިފައި ވަނީ ތެޔޮ އުފައްދާ މިންވަރު މަދު ކުރަން އޯގަނައިޒޭޝަން އޮފް ދި ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އާއި ރަޝިއާއިން ގުޅިގެން ކުރި މަސައްކަތުގެ ސަބަބުންނާއި ދުނިޔޭގެ އިގުތިސާދު ރަނގަޅުވުމުގެ ސަބަބުންވެ.
އެގޮތުން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހޯމަ ދުވަހު ވަނީ 70.37 ޑޮލަރަށް އަރާފައި އެވެ. އެއީ ޑިސެމްބަރު 2014އިގެ ފަހުން ބްރެންޓް ކްރޫޑްގެ އަގު އެހާވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ. އަދި މިއަހަރުގެ ފަހުކޮޅު ތެޔޮ ފީފާއެއްގެ އަގު 75 ޑޮލަރަށް އަރާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.
ތެޔޮ އުފައްދާ މިންވަރު މަދު ކުރަން އޯޕެކްގެ 14 ގައުމާއި ރަޝިއާއިން އެއްބަސްވީ 2016 ވަނަ ތެޔޮ ފީފާއެއްގެ އަގު 50 ޑޮލަރަށް ވެއްޓުނު ފަހުންނެވެ. (ރޮއިޓާސް)