16 Jan 2018, 15:28
ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހުންނަ ފޯސީޒަންސް ހޮޓެލުގައި އޮތް ސައުދީގެ ވަލީއަހުދު އަދި ބިލިޔަނަރު އަލް ވަލީދު ބިން ތަލާލްގެ ހިއްސާ ވިއްކާލައިފި އެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފޯސީޒަންސް ހޮޓެލްގައި އޮތް ވަލީދުގެ ކިންގްޑޮމް ހޯލްޑާސްގެ ހިއްސާ ވިއްކާލީ ކީއްވެ ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ހިއްސާ ވިއްކާލުމާ ކޮރަޕްޝަނުގެ ތުހުމަތުގައި ވަލީދި ހައްޔަރުކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ބެއިރޫތުގައި ހުރި މޫވެންޕިކް ހޮޓެލުގައި އޮތް ކިންގްޑޮމް ހޯލްޑާސްގެ ހިއްސާ ވިއްކާލުމަށް މިހާރު މުއާމަލަތްތައް ދަނީ ކުރިއަށެވެ.
މެދުއިރުމައްޗާއި އެފްރިކާގައި ހުރި ކިންގްޑޮމް ހޯލްޑާސްގެ އެސެޓްތައް ވިއްކާލުމަށް ތައްޔާރުވަމުންދާ ކަމަށާއި އެކަމާއި ސައުދީގައި ހިނގާ ކަންކަމާ ގުޅުމެއް ނެތް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.