16 Jan 2018, 11:26
ދުނިޔޭގެ އެންމެ ރީތި ފިރިހެން އެކްޓަރުންގެ ލިސްޓުގެ އެއްވަނަ ބޮލީވުޑްގެ ކުޅަދާނަ ބަތަލު ރިތިކް ރޯޝަނަށް ލިބިއްޖެ އެވެ.
ރިތިކް އަށް ދުނިޔޭގެ ރީތި ފިރިހެން އެކްޓަރުންގެ ލިސްޓުން އެއް ވަނަ ލިބުނީ ވޯލްޑް ސްޓޮޕް.ކޮމް އިން ކުރިއަށް ގެންދިޔަ އޮންލައިން ޕޯލް އެއްގައި ގިނަ އަދަދެއްގެ މަޝްހޫރު ހޮލީވުޑް ފަންނާނުން ވެސް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.
އޭގެ ތެރޭގައި ޓައިވާންގެ އެކްޓާ ގޮޑްފްރޭ ގައޯ، ހޮލީވިޑްގެ ތަރި ރޮބާޓް ޕެޓިންގްސަން، ކެނެޑިއަން ސްޓާ، ނޯ މިލިސް، ހެންރީ ކެވިލް، ޓޮމް ހިޑިލްސްޓަން، ސޭމް ހުއެގްހާން، ކްރިސް އީވާންސް އަދި ޑޭވިޑް ބޮރެއަނާޒް ހިމެނެ އެވެ.
ރިތިކަށް ދުނިޔޭގެ އެންމެ ރީތި އެކްޓަރުގެ މަގާމް ލިބިފައިވާއިރު އެތައް ބަޔަކު އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
ބޭރުގެ ހަބަރުތައް ބުނާ ގޮތުން ވޯލްޑްސްޓޮޕް.ކޮމް އިން ލިސްޓް ތައްޔާރު ކުރުމުގައި ބަލަނީ ހަމައެކަނި ރީތި ކަމަކަށް ނޫން ކަމަށާއި ކޮންމެ މީހެއްގެ ވެސް ސޯޝަލް މީޑިއާގެ އެކައުންޓްތައް ބަލައި އޭނާގެ ފިޒިކަލް އަދި އޭނާ ދިރިއުޅޭ ގޮތް ބަލާ ކަމަށެވެ.
އެ މީހާ އަށް ފޮލޯ ކުރާ މީހުންގެ އަދަދަކީ ކޮބައިތޯ ބަލާ ކަމަށާއި އަދި ބޮކްސް އޮފީހުގައި އޭނާ ހިމެނޭ ހިސާބު ބެލުމަށް ފަހު އެންމެ ރީތި މީހާގެ ލިސްޓް ތައްޔާރު ކޮށްފައިވާ ކަމަށް ބޭރުގެ ހަބަރުތައް ބުނެ އެވެ.
ވޯލްޑްސްޓޮޕް.ކޮމް އިން ތައްޔާރު ކުރި އެ ލިސްޓްގެ ފަސް ވަނައަށް ބޮލީވުޑްގެ ކާމިޔާބު ބަތަލު ސަލްމާން ހާން އަށް ވަނީ ލިބިފަ އެވެ.
(ޓައިމްސްއޮފް އިންޑިއާ)