ފުންނާބުގައި ރިހުމަކީ މިއަދު ގިނަ ބަޔަކަށް ކުރިމަތި ވަމުންދާ މައްސަލަ އެކެވެ. ފުންނާބުގައި ނުފިލާ ފަދަ ރިހުމެއް ހުރެ، ފުންނާބު ފަޅަ ފަޅައިގެން ދިޔުމަކީ ވާކަމެކެވެ. އަދި ފުންނާބުގައި ހިމެނޭ ނާރެއް ފުފުމުން ވެސް ފުންނާބުގައި ރިއްސުމަށް މެދުވެރިވެ އެވެ.

ފުންނާބުގައި ހުންނަ ރިހުން ކުޑަ ކުރާނީ ކިހިނެއް؟

ގަނޑު ފެން ބޭނުން ކުރުމަކީ ފުންނާބުގައި ހުންނަ ރިހުންތައް ފިލާ ކަމެކެވެ. ފައި ދުޅަވުމުން ގަނޑު ފެން ބޭނުން ކުރާށެވެ. ރިއްސާ ނަމަ ވެސް ގަނޑުފެން ފުންނާބުގައި ހާކާށެވެ. ނަމަވެސް ވިސްނަންވީ ގަނޑުފެން ބޭނުންކުރާ އިރު ތުވާއްޔެއް ނުވަތަ ފޮތި ކޮޅެއްގެ ތެރެއަށް ގަނޑުފެން ލުމަށް ފަހު ހޭކުމަށެވެ.

އުސްފައިވާނަން ނާރާށެވެ. ޒުވާނުންގެ މެދުގައި މިއަދު އެންމެ މަގުބޫލު ފައިވާނަކީ އުސް ފައިވާނެވެ. ނަމަވެސް އުސް ފައިވާނަށް އެރުމުގެ ސަބަނުން ފުންނާބުގައި ރިއްސައި އަދި ސިއްހީ އެހެނިހެން މައްސަލަތައް ވެސް ދިމާވެ އެވެ.

މަސާޖު ކުރުމާ އެކު ފުންނާބުގައި ތެޔޮ ހޭކުމަކީ ވެސް ފަރުވާ އެކެވެ. އެކަމަށް ވަގުތުން ދާއިމީ ހައްލެއް ނުލިބުނު ކަމުގައި ވިޔަސް ވެސް އެކަން ތަރުކާރުކޮށް ކުރުމުން އަވަހަށް އެކަން ރަނގަޅުވެގެން ދެ އެވެ. މަސާޖު ކުރުމުގެ ސަބަބުން ލޭ ދައުރުވުން ވެސް ރަނގަޅުކޮށްދެ އެވެ.

ފައިވާނެއް ގަންނަ އިރު ފަޔާ އެކަށީގެންވާ ފައިވާނެއް ގަންނާށެވެ. ފައިވާން މާ ބޮޑު، ނުވަތަ މާ ކުޑަ ނަމަވެސް ފުންނާބަށް އެއިން ނޭދެވޭ އަސަރު ކުރެ އެވެ. ތިމާ އަށް އެންމެ އެކަށީގެންވާ 'ސައިޒް'ގެ ފައިވާނެއް ގަންނާށެވެ.

(އެވްރީޑޭ ހެލްތު)