ބޮލީވުޑްގެ ބަތަލާ ޗާރޫ ރޯހަޓްޖީ މަރުވެއްޖެ އެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ހާޓް އެޓޭކް އެއް ޖެހިގެންނެވެ.

އޭނާގެ މަރާ ގުޅިގެން ބޮލީވުޑްގެ ގިނަ ބަޔަކު އަންނަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ.

ޗާރޫގެ މާ ގިނަ ފިލްމުތަކެއް ނުފެނުނު ނަމަވެސް އޭނާ ކުޅެފައިވާ ފިލްމުތަކަކީ ނުވަތަ އޭނާ ބައިވެރިވި ޓީވީ ޝޯވްތަކަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ލިބުނު ޝޯވްތަކެކެވެ.

އެގޮތުން އޭނާ ވަނީ އިޝްގްޒާދޭގައި ކުޅަދާނަ ބަތަލާ ޕަރިނިތީ ޗޯޕްރާގެ މަންމަގެ ރޯލު ކުޅެފަ އެވެ.

އޭގެ އިތުރުން ވެސް އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "1920 ލަންޑަން"، "ސެކަންޑް މެރިއޭޖް ޑޮޓް ކޮމް" އަދި "15 ޕާކް އެވެނިއު" ހިމެނެ އެވެ.

އޭނާ ވަނީ "ޕްރަޓިގްޔާ" އަދި "އުޓަރަން" ފަދަ ޓީވީ ޝޯވްތަކުގައި ވެސް ބައިވެރިވެފަ އެވެ.

(ހިންދުސްތާންޓައިމްސް)