16 Jan 2018, 09:12
އަޔަލެންދުގެ ރޮކް ބޭންޑް "ދަ ކްރޭންބެރީސް"ގެ ލަވަކިޔުންތެރިޔާ ޑޮލޯރަސް އޮރީޑަން ކުއްލިގޮތަކަށް މަރުވެއްޖެއެވެ.
ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި މުޅި ދުނިޔޭގައިވެސް މަޝްހޫރުވި ލަވަ "ޒޮމްބީ"ގެ ވޯކަލިސްޓް ޑޮލޯރަސްގެ ޕީއާރުގެ ފަރާތުން ނެރުނު ކުރު ބަޔާނެއްގައި ބުނީ އޭނާ މަރުވީ ލަންޑަނުގައި ހުއްޓާ ކަމަށާއި މަރުވި އިރު އުމުރަކީ 46 އަހަރު ކަމަށެވެ.
އަދި އޭނާ ލަންޑަނަށް ދިޔައީ ބޭންޑާއެކު ރެކޯޑިންއެއް ހަދަން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ނުވަދިހައިގެ އަހަރުތަކުގައި ބޮޑު ކާމިޔާބީއެއް ހޯދި ދަ ކްރޭންބެރީސްގެ ލަވަކިޔުންތެރިޔާ މަރުވި އިރު ދުނިޔޭގައި ތިން ކުދިން އެބަތިއްބެވެ.
ދަ ކްރޭންބެރީސްގެ މަޝްހޫރު ބައެއް އެހެން ލަވަތަކުގެ ތެރޭގައި އިމޭޖިނޭޝަން، އެޕަލް އޮފް މައި އައި، އޯޑިނަރީ ޑޭ، އިޓްސް އޮންލީ ޔޫ އަދި ރޮކް އެންޑް ރޯލް ފަދަ ލަވަތައް ހިމެނެއެވެ.