15 Jan 2018, 19:27
ސައިކަލު ކުއްޔަށްދޫކުރާ ކުންފުންޏެއް ކަމަށްވާ ކުލީބައިކްގެ އިންޝުއަރެންސް ޕާޓްނަރަކަށް، އެސްއެސްއެސް އިންޝުއަރެންސް (ޓްރިޕްލް އެސް އިންޝިއުރެންސް) ހަމަޖައްސައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ޓްރިޕްލް އެސް ގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ކުލީ ބައިކްގެ ފަރާތުން ސޮއި ކުރެއްވީ، މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފާއު އެވެ. އަދި ޓްރިޕްލް އެސް އިންޝުއަރެންސުގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަ އެކްޒެކެޓިވް ރިހުޝާން ހަސަނެވެ.
އެއްބަސްވުމަށްފަހުގައި ވާހަކަފުޅު ދައްކަވަމުން ރިހުޝާން ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން، ކުލީ ބައިކުން ކުއްޔަށް ދޫކުރާ ސައިކަލްތަކަށް ފުލް އިންޝުއަރެންސް ކަވަރޭޖު ލިބިގެންދާނެ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ކުލީބައިކަށް އިންޝުއަރެންސްގެ ހުރިހާކަމެއް ޓްރިޕަލް އެސްއިން ކޮށްދެމުންދާނީ ހިލޭ ކަމަށްވެސް ރިހުޝާން ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ބޮޑެތި ކުންފުނިތަކަކަށް އިންޝުއަރެންސް ބްރޯކަރެއްގެ ހިދުމަތް ދެމުން އަންނަ ޓްރިޕަލް އެސް އިންޝުއަރެންސް ކުންފުނިން މިއަދު ވަނީ ފޯނު ކޯލެއް ކޮށްލައިގެން ސައިކަލް އިންޝުއަރެންސް ނެގޭނެ ހިދުމަތް ވެސް ތައާރަފުކޮށްފަ އެވެ. އެ ހިދުމަތް ހޯދުމަށް 7896022 ނަންބަރަށް ގުޅުމުން ހިދުމަތް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ހިދުމަތް ތައާރަފް ކުރުމުގެ އިތުރުން ފޭސްބުކްގައި "ލައިކް އެންޑް ޝެއާ" ގެ ނަމުގައި ޕްރޮމޯޝަނެއްވެސް އެ ކުންފުނިން މިއަދުވަނީ ފަށާފައެވެ. ތިން ހަފުތާއަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ މީހަކަށް 50000 ރުފިޔާ އާއި 100000 ރުފިޔާ އާ ދެމެދުގެ ސައިކަލަކަށް ފުލް އިންޝުއަރެންސް ޕެކޭޖެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.