ރޭޕްކޮށް މަރާލާފައި އޮތް ޒުވާން އަންހެން ކުއްޖަކު އިންޑިއާ އިން ފެނިއްޖެއެވެ.

އިންޑިއާގެ ހަރްޔާނާ އަވަށުން ފެނުނު އުމުރުން 15 އަހަރުގެ އަންހެންކުއްޖާ ފެނުނު އިރު އޮތީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. ބައެއް ގުނަަވަންތައް ހަށިގަނޑުން ބޭރަށް ނިކުމެފައިވާކަމަށްވެސް ހަބަރުތައް ބުނެއެވެ. އެކުއްޖާގެ ހަށިގަނޑުގައި ސީރިއަސް 19 ޒަހަމެއް ހުރިކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެ އަންހެން ކުއްޖާ ރޭޕްކޮށްމަރަލާފައި އޮއްވާ ފެނުނީ އެކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފަސް ދުވަސް ފަހުންނެވެ.

ކުއްޖާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކުއްޖާއަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެތެރެހަށިންވެސް ވަނީ ލޭ އައިސްފައެވެ. އެކުއްޖާ ރޭޕްކޮށްފައިވަނީ ހަތަރު ފަސްމީހަކު ވެގެން ކަމަށާއި ކުރިމަތި ފަރާތަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގއި ރޭޕްގެ ކަންތައް އާދަޔާ ހިލާފަށް އިތުރުވެފައިވާކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން އިއްޔެވެސް 22 އަހަރުގެ ޒުވާން އަންހެނަކު ގަދަކަމުން ކާރަކަށްއަރުވައި ރޭޕްކޮށްފައިވާ ކަމަށާއި މިދިޔަ ހަފްތާ ތެރޭ 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.