ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މާލޭގައި 14 ބުރީގެ އިމާރާތެއް އަޅައިދޭން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭގައި 2،500 އަކަފޫޓުގެ ބިމެއްގައި 14 ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް ބީއެމްއެލްއިން ނިންމާފައިވާ ކަމަށެވެ. މި އިމާރާތުގައި ޖުމްލަ 30،000 އަކަފޫޓުގެ އޮފީސް ސްޕޭސް ހުންނާނެކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެ އިއުލާނުގައި ބުނެފައިވަނީ، މި މަޝްރޫއުގެ ތެރޭގައި، އިމާރާތް އެޅުމުގެ ކުރިން އެ ބިމުގައި ހުރި ދެ ބުރީގެ، ވަރަށް ގިނަ ދުވަސްވީ އިމާރާތެއް ތަޅާލުން ހިމެނޭ ކަމަށެވެ. އަދި ސައިޓު ޕްރިޕެރޭޝަނާއި، އިމާރާތް ފުރިހަމައަށް އެޅުމުގެ އިތުރުން އެތަނުގެ މެކޭނިކަލް، ކަރަންޓު އަދި ޕްލަމިންގްއާއި ފިނިޝިންގް މަސައްކަތްތައްވެސް ފުރިހަމަކުރަންޖެހޭނެ ކަމަށެވެ.

މި އިމާރާތުގެ މަސައްކަތް ނިންމަން ޖެހެނީ މަސައްކަތް ފަށާތާ ދެ އަހަރު ދުވަސް ތެރޭގައި ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި އިމާރާތް އަޅާ ބިން ހުންނަނީ ކޮންތަނެއްގައި ކަމެއް ބީއެމްއެލްއިން ހާމައެއް ނުކުރެއެވެ. ނަމަވެސް އެތަނުގައި އަޅާ އޮފީސް އިމާރާތަކީ ތިން ލިފްޓާ އެކު، ވަރަށް ޒަމާނީކޮށް އެޅޭނެ ތަނެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މި މަޝްރޫޢާ ބެހޭގޮތުން އެއްވެސް ކަމެއް ސާފުކުރަން ބޭނުންނަމަ 22 ޖެނުއަރީގެ ކުރިން[email protected]އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

އަދި އިމާރާތް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ހުށަހަޅަން ޖެހޭނީ 31 ޖެނުއަރީ 2018 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިންނެވެ.