14 Jan 2018, 16:06
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ސައިމަންގެ ކާރުކޮޅަށާއި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުގެ ދޮރަށް ސްޕްރޭ ޖަހައި ގެއްލުންދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެކަން ތަހުގީގު ކުރަން ފަށާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށައެޅި ރިޕޯޓަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވީ އެފަދަ މައްސަލައެއް ހުށައަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސައިމަންގެ ކާރުކޮޅަށާއި އެޕާޓްމަންޓަށް ސްޕްރޭ ކޮށްފައިވާ ފޮޓޯތައް މިހާރު ވަނީ މީސް މީޑީއާގައި އާންމުވެފަ އެވެ. ސްޕެރޭ ކޮށްފައިވާ ލިޔުންތަކުގައި ވަނީ ސައިމަން އަށް "ވަގަށް" ގޮވައިފަ އެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީ ސައިމަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.