15 Aug 2011, 11:16
ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ޓޭޕް ބޯލް މުބާރާތުގައި އިއްޔެ ކުޅުނު ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗް އެއްވަރު ވިއިރު، ދެ ވަނަ މެޗް ސްޓެލްކޯގެ ޓީމުން ކާމިޔާބުކޮށްފި އެވެ.
ޕްރޯ ލެޕްއާ ދެކޮޅަށް ކުލަބް ޕީކޭ އިއްޔެ ކުޅުނު ފުރަތަމަ މެޗް އެއް ވަރުއިރު، ދެ ވަނަ މެޗް ސްޓެލްކޯގެ ޓީމުން ކާމިޔާބު ކުރީ އެސްޓީއޯއާ ބައްދަލުކޮށް އެއް ވިކެޓުން މެޗް ކާމިޔާބު ކޮށްގެން ނެވެ.
ފުރަތަމަ މެޗް ޓޮސް ދިމާވުމުން ޕްރޯލެޕް ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހަ ވިކެޓަށް 81 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 24 ލަނޑުހެދި މުހައްމަދު ރާއީ އެވެ. ޖަވާބުގައި ކުލަބް ޕީކޭ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 12 ލަނޑުހެދު އެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 24 ލަނޑުހެދި ނިސާން އެވެ.
އިއްޔެ ދެ ވަނަ މެޗް ޓޮސް ލިބުމުން އެސްޓީއޯ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 92 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 22 ލަނޑުހެދި ސާއިގެވެ. ޖަވާބުގައި ސްޓެލްކޯ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 93 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި ނާޒިމެވެ.
މިމުބާރާތުގައި މިއަދު ވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާ ދެ ޓީމަކީ ބްލެންޑްއާ މަޖިލިސް ޓީމެވެ. ދެ ވަނަ މެޗްގައި ބައްދަލު ކުރާ ދެ ޓީމަކީ ޔޫވީ ފްރެންޑްސްއާ މީރާޒ އިލަވަންގެ ޓީމެވެ. ދެ މެޗްވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުއެނީ އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު 16:10 ގައެވެ.