15 Aug 2011, 09:37
މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭ މީހުން ހޯދުމަށް މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ނ. ޅޮހިން މަނަދު އަށް ދިޔަ ދޯންޏަކުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކަކާ އެކު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ފުލުހުން ބުނި ގޮތުގައި، ނ . މާފަރު، ޖަވާހިރުވާދީ، ޙަސަން ޢާދަމް އެވެ. އަދި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ 13 ސްލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއީ މި ރޯދަ މަސް ފެށުނު ފަހުން ނ. އަތޮޅުގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކާ އެކު ހައްޔަރުކުރި ތިން ވަނަ މީހާ ކަމަށެވެ.