Back
Nov 23, 2025 SUN
SUN

"މައިލްސް ފޯ ސްމައިލްސް"ގެ ރަޖިސްޓްރޭޝަން މުއްދަތު އިތުރުކޮށްފި

"މައިލްސް ފޯ ސްމައިލްސް"ގެ ރަޖިސްޓްރޭޝަން މުއްދަތު އިތުރުކޮށްފި
Lead photo

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މައިލްސް ފޯ ސްމައިލްސް ޗެރިޓީ ދުވުމުގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ ދުވުން އިންތިޒާމްކުރާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ ގިނަ ފަރާތްތަކުގެ އެދިލެއްވުމުގެ މަތިން މައިލްސް ފޯ ސްމައިލްސްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކަށް މިމަހުގެ 18 ވަނަ ދުވަސް ހަމަޖައްސާފައިވާ ކަމަށެވެ.

މައިލްސް ފޯ ސްމައިލްސް ދުވުމަށް ރަޖިސްޓްރީވާން ބޭނުން ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ރަޖިސްޓްރީކުރުމުގެ ހަރަކާތްތައް އިއްޔެއިން ފެށިގެން ކުރިއަށްދާ އިރު، މިއަދު ހަވީރާއި މިރޭވެސް މާލޭ އެކުވެނި ދުވާ ޓްރެކާއި ރަސްފަންނުގެ އިތުރުން އާޓިފިޝަލް ބީޗުގައިވެސް ރަޖިސްޓްރޭޝަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިހާތަނަށް ގިނަ ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރު މުއައްސަސާތަކެއްގެ އިތުރުން އާންމު ފަރުދުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މައިލްސް ފޯ ސްމައިލްސް ދުވުމަކީ 24 ގަޑިއިރަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދުވުމެކެވެ. މި ދުވުމުގައި 24 ގަޑިއިރު ދުވާނެ އެތުލީޓަކީ އިބްރާހިމް ސާއިދު އަލީއެވެ. ސާއިދަކީ ދިގު ދުވުންތައް ދުވުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މަޝްހޫރު ދުވުންތެރިއެކެވެ. އެ ދުވުމުގައި ދެން ދުވާ މީހުންނަކީ ސާއިދުއަށް ހިތްވަރު ދިނުމުގެ ގޮތުން ދުވާ ދުވުންތެރިންނެވެ.

މައިލްސް ފޯ ސްމައިލްސްއަކީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ހިންގާ 'ލެޓްސް ޕްލޭ" ކެމްޕެއިންއަށް ފަންޑު ހޯދުމަށް ކުރިއަށްގެންދާ ޗެރީޓީ ދުވުމެކެވެ. އެ ދުވުން ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުގެ 4:30 އިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ހަވީރު 4:30އާ ހަމައަށް މާލޭ ކުޅިވަރު އެކުވެނި ދުވާ ޓްރެކްގައެވެ.

"މައިލްސް ފޯ ސްމައިލްސް"ގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics