15 Aug 2011, 00:58
ތިނަދޫގައި ދަންޖެހުނު ކުއްޖާ މަރުވެއްޖެ އެވެ.
ގދ. ތިނަދޫގައިު ދަންޖެހިގެން މަރުވާން އުޅެނިކޮށް ސަލާމަތްކޮށް، އެރަށު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ކުއްޖާ އެމްއެންޑީއެފްގެ ރެހެންދި ހެލްކޮޕްޓަރުގައި މާލެ ގެނައީ މިދިޔަ މަހު 31 ގައެވެ.
އައޖީއެމްއެޗުން މިރޭ ބުނީ ނުވަ އަހަރުގެ އެ ފިރިހެން ކުއްޖާ މަރުވީ އައިސީޔޫގައި ފަރުވާދިނުމަށް ފަހު ވޯޑަށް ބަދަލުކޮށް ފަރުވާދެމުން ދަނިކޮށް މިރޭ ކަމަށެވެ. ނަމަވެސް ވޯޑަށް ބަދަލުކުރި ފަހުން އެ ކުއްޖާ މަރުވާން ދިމާވީ ކީއްްވެގެން ކަމެއް އައިޖީއެމްއެޗަކުން ނުބުނެ އެވެ.
ގދ. ތިނަދޫގެ ގެއެއްގެ ގޯތިތެރޭގައި ހުރި ރުކެއްގައި ދަންޖެހިފައި ހުއްޓާ ސަލާމަތްކުރި އެކުއްޖާ އަވަސް އަވަހަށް ފިޓް ޖެހޭތީ އާޢި އެކުއްޖާ ނުކުޅެދޭ ކުއްޖަކަށް ބަދަލު ވެދާނެ ކަމުގެ ބިރު ހީވާކަމަށް ޑޮކްޓަރުން ބުނުުމުން މާލެގެނެސް ފަރުވާ ދޭން ފެށީ މިދިޔަ މަހު 31 ވަނަ ދުވަހު އެވެ.
އެކުއްކާ ދަންޖެހުނީ ކުޅޭ އެއްޗެއްގެ މައްސަލައިގާ އޭނާގެ ދައްތައަކާ ދެބަސްވުމަށް ފަހު ކަމަށް މަސްދަރުތަކުން ބުންޏެވެ. އެ ކުއްޖާ ދަންޖެހިފައި ހުއްޓާ އޭނާ ސަލާމަތްކުރީ އޭނާގެ ބޭބެ އެވެ.