މަހަށް ނިކުމެ އުޅެނިކޮށް މީގެ ތިން ދުވަސްކުރިން ގެއްލިގެން ހޯދަމުންދިޔަ ދޯންޏާ މިއަދު ގުޅިއްޖެއެވެ.

ތ. ބުރުނީ "ނޫރު" ނަމަކަށް ކިޔާ ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ 11 މީހުންނާއި އެކު މަހަށް ނިކުމެ އުޅުނު ދޯންޏާ މިރޭ 9:00 އެހައިކަންހާއިރު ގުޅިފައިވާ ކަމަށާއި އެ ދޯނި ވޭތުވެދިޔަ ތިން ދުވަހުވެސް އުޅުނީ މަސްވެރުކަމުގައި ކަމަށެވެ.

އެ ދޯނީގައި ތިބި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ ދޯނި މިހާރު ދަތުރުކުރަމުންދަނީ ކ. ދިއްފުއްޓަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.