ކަސޫރް، ޕާކިސްތާން (ޑެއިލީ ޕާކިސްތާން) – ރޭޕްކޮށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އުމުރުން ހަތް އަހަރުގެ ޒައިނަބު އަމިންގެ ގާތިލަކީ މީގެ ކުރިން ހަތް ކުއްޖަކު ރޭޕްކޮށް މަރާލާފައިވާ މީހެއްކަމަށް ޑީއެންއޭ ޓެސްޓުތަކުން ކަށަވަރުވެއްޖެ އެވެ.

ޕުންޖާބު ފުލުހުންގެ އިންސްޕެކްޓަރު ޖެނެރަލް އާރިފް ނަވާޒް ޚާން ވިދާޅުވީ، މިހާތަނަށް ނެގި ޑީއެންއޭ ޓެސްޓުތަކުން ކަށަރުވެ ޔަގީންވެފައިވާ ގޮތުގައި މީގެ ކުރިން ރޭޕްކޮށް މަރާލާފައިވާ ހަތް ކުއްޖަކީ ވެސް ޒައިނަބުގެ ގާތިލު މަރާލާފައިވާ ހަތް ކުދިން ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް 227 މީހަކު ތަހުގީގުކޮށް އޭގެ ތެރެއިން 67 މީހެއްގެ ޑީއެންއޭ ސާމްޕަލް ނެގި ނަމަވެސް އޭގެން އެއްވެސް މީހެއްގެ ޑީއެންއޭއާ ޒައިނަބުގެ ގާތިލުގެ ޑީއެންއޭއާ ދިމާވެފައި ނުވާ ކަމަށެވެ.

ޕްރޮވިންޝަލް ޕޮލިހުންގެ ޗީފް ވިދާޅުވި ގޮތުގައި، މިހާތަނަށް ލިބިފައިވާ ސީސީޓީވީ ވީޑިއޯގެ ކޮލެޓީ ދަށްކަމުން ޒައިނަބުގެ ގާތިލް ހޯދުމަށް ވަނީ އުދަނގޫވެފައިވެފައެވެ. ނަމަވެސް ސީސީޓީވީ ފުޓޭޖްގެ ކޮލެޓީ ރަގަނޅު ކުރުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ވަގަށް ނަގައި ރޭޕް ކުރުމަށްފަހު އަނިޔާވެރި ގޮތަކަށް ޒައިނަބު މަރާލާފައިވަނީ އޭނާގެ މަންމަ އާއި ބައްޕަ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅެނިކޮށެވެ. ފުލުހުންގެ އޮފިސަރުންނަށް ޒައިނަބުގެ ހަށިގަނޑު ފެނުނީ ކުނިތަކެއްގެ ތެރެއިންނެވެ.