11 Jan 2018, 15:41
ކަލަބް މެޑް ރިސޯޓްގައި މަސައްކަތްކުރާ ސ. ހިތަދޫ، ފެލީނާ އުމުރުން 25 އަހަރުގެ އަލީ ތޮއްޔިބު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.
ތޮއްޔިބް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އޭނާ މަސައްކަތް ކުރާ ރިސޯޓްގައި ހުރުމަށް ފަހު އެއް ދުވަހުގެ އޮފަކަށް މާލެއި ފަހުން އަނބުރާ ރިސޯޓަށް ނޮގަސް ތިން ދުވަސް ވުމުންނެވެ. އާއިލާއިން ބުނެފައި ވަނީ ތޮއްޔިބްގެ ފޯނު ހަލާކުވެފައި އޮތުމުން އޭނާއާ ނުގުޅި ދުވަސަތަކެއް ވެފައިވާ ކަމަށާއި އަދި މާލޭގައި ދިރިއުޅޭ އާއިލާގެ އެއްވެސް ގެއަކަށް އޭނާ ނުދާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ ތޮއްޔިބު ފެނުނީ އޭނާ މަސަތްކަތް ކުރަމުންދާ ކްލަބް މެޑް ރިސޯޓަށް ދިއުމުން ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ފުލުހުންނުދެއްވަ އެވެ.