11 Jan 2018, 12:20
ފިޔާ ކޮށައިރު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ލޮލަށް ދިލަ އެރުމެވެ. މި މައްސަލަ ދިމާނުވާނެ ގޮތަކަށް ފިޔާ ކޮށުމަށް ބައެއް މީހުން ބުރަ މަސައްކަތްތައް ކުރެ އެވެ. ޗުއިންގަމް ކެއުމާއި ފެނަށް ލައިގެން އޭގައި ހުންނަ ދިލ އާވިތައް ދުއްވައިލުން ފަދަ ކަންތައް ވެސް ކުރެ އެވެ.
"ސުނިއަން" އަކީ މި ހުރިހާ ކަމަކަށް ހައްލު ހޯދުމަށް ކުރި އީޖާދެކެވެ. ސުނިއަންގެ ނަމުން ނަންދީފައިވާ ދިލަ ނާރާ ފިޔާ އީޖާދު ކުރުމަށް 30 އަހަރު ހޭދަކުރި އިރު މިއީ ފިޔާ ކޮށާއިރު ލޮލަށް ދިލަ އެރުމާއި ލޮލުން ފެން އައުން ހުއްޓުވުމަށް ކުރި އީޖާދެކެވެ.
މި ފިޔާ އަކީ އާންމުކޮށް ބެނުންކުރާ ފިޔަށް ވުރެ މުރަނަ ކަމެއް ހުންނަ، ކުޑަ ފޮނި ރަހައެއްލާ، ފިޔައެކެވެ. ފިޔާ އީޖާދުކުރީ އާދައިގެ ފިޔާ ކްރޮސް ބްރީޑް ކޮށްގެންނެވެ. އެއްވެސް ޖެނެޓިކް މޮޑިފިކޭޝަންއެއް މި އީޖާދު ކުރުމުގައި ހިމެނިފައެއް ނުވެ އެވެ.
މި ފިޔާ މިހާރު ހައްދަނީ އެމެރިކާގެ ނަވާޑާ އަދި ވޮޝިންޓަންގަ އެވެ. މާޗް މަހުން ފެށިގެން އެ ގައުމުގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށްވެ އެވެ.
އިންޑިޕެންޑެންޓް