މީގެތިން ދުވަސް ކުރިން މޫދަށް އެރިއުޅުނު ފަތުރުވެރިއަކު މަރުވެފައިވަނިކޮށް އަނެއްކާ ވެސް ސްނޯކްލީނަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ސްނޯކްލީނަށް ގޮސް އުޅުނު އުމުރުން 62 އަހަރުގެ ފިރިހެން ފަތުރުވެރިއަކު މަރުވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ މީދުއްފަރު ރިސޯޓްގައެވެ. އަދި މަރުވެފައިވަނީ ޖަރުމަނުގެ ފަތުރުވެރިއެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު މަރުވެފައިވަނީ އއ. ކުރަމަތި ރިސޯޓަށް މޫދަށް އެރިއުޅުނު އުމުރުން 29 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.