10 Jan 2018, 18:14
ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މަގާމުން އިސްތިއުފާދެއްވީ ސިޔާސީ ދާއިރާ އަށް ވަގުތު ހުސްކުރެއްވުމަށް ކަމަށް ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން ޑރ. މައުސޫމް މިއަދު ވިދާޅުވީ މިއަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރަށްވެފައި، ސިޔާސީ މާހައުލު މިވަގުތު އޮތްގޮތުން އެ ދާއިރާއަށް ބޮޑަށް ވަގުތު ހުސްކުރައްވަން ބޭނުންފުޅުވީ ކަމަށެވެ.
"ރައީސްކަމަށް ކުރިމަތި ލައްވަން ތިއްބެވި ކުރިމަތި ލެއްވޭ ގޮތަކަށް ނޫން މިވަގުތު މި އޮތީކީ. އަޅުގަނޑު އުއްމީދު ކުރަނީ އިންތިހާބުގައި ކުރިމަތިލާން ބޭނުންވާ ހުރިހާ ބޭފުޅުންނަށް އެ ފުރުސަތު ލިބިލައްވާނެ ކަމަށް،" ޑރ. މައުސޫމް ވިދާޅުވިއެވެ.
ޑރ މައުސޫމް އަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެކެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ މައުސޫމް ވަނީ ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުގައިވެސް މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ހއ. ކެލާ ދާއިރަގެ މަޖިލީސް މެންބަރުކަންވެސް ކުރެއްވިއެވެ.
ހަޔާތުގެ ގިނަ ދުވަސްތަކެއް ޓުއަރިޒަމް ދާއިރާގައި ހޭދަކުރެއްވި ޑރ. މައުސޫމް ވިދާޅުވީ ޖީއެމްގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޓުއަރިޒަމް ދާއިރާއަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.
"ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުގެ ހެޑަކަށް ހުރެފަ، އަނެއްކާ ޕްރައިވެޓް ސެކްޓާ ގައި މަސައްކަތް ކޮށްލީމަ ފެނިއްޖެ ޓުއަރިޒަމް ދާއިރާ އަށް ބޭނުންވާ ޚިދުމަތްތައް އަދިވެސް ހުރިކަން. އެހެންވީމާ އަޅުގަނޑު އުއްމީދު ކުރަނީ އަޅިގަނޑު ބައިވެރިވެގެން ނޫނީ އަޅުގަނޑުގެ ހިއްސާ އިވެގެން ނަމަވެސް އެފަދަ ހިދުމަތްތަކެއް ޓުއަރިޒަމް ދާއިރާ އަށް ފޯރުކޮށްދެވޭނެ ކަމަށް،"