10 Jan 2018, 18:06
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އިންޑިއާ އަށް ވަޑައިގެންފިއެވެ.
މިނިސްޓަރު އާސިމްގެ ދަތުރުފުޅުގައި މާދަމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ ބައްދަލު ކުރައްވާނެއެވެ.
މިނިސްޓަރުގެ އެ ދަތުރުފުޅަކީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަލިކަށިވެފައިވަނިކޮށް ކުރައްވާ ދަތުރެެއްކަމަށް އިންޑިއާގެ ނޫސްތަކުގައި ސިފަކޮށްފައިވެއެވެ.
މިނިސްޓަރު އާސިމްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.