ޑިފެންސް މިނިސްޓަރު ކަމަށް ރައީސުލްޖުމުހޫރިއްޔާ އައްޔަން ކުރައްވާފައިވާ މއ. އަރާރޫޓްވިލާ ތަލްހަތު އިބްރާހީމް ކަލޭގެ ފާނާއި ފިޝަރީޒު މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވާ ޑރ. އިބްރާހީމް ދީދީ އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނި ގޮތުގައި އެ ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފެނޭތޯ ވޯޓަށް އެހުމުގެ ކުރިން ފުރަތަމަ އޮންނާނީ، އެ ދެ ބޭފުޅުންނާ ބެހޭ ގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީން ދިރާސާ ކުރި ރިޕޯޓު ހުށަހެޅުމެވެ.

ވޯޓަށް އެހުން އޮންނާނީ ވޯޓަށް އަހާ ގަޑި 13:30 ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމާފައި ވަނީ ފިޝަރީޒު މިނިސްޓަރު އިބްރާހީމް ދީދީ އަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. ނަމަވެސް ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހީމަށް ރުހުން ދޭން ފެންނަ ކަމަށް ކޮމެޓީން ބުނެފައިވެ އެވެ. ސ