10 Jan 2018, 15:06
މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ޖީއެސްޓީ ބަޔާން ހުށަނާޅާ، އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކޮށްފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިއަދު އާންމުކުރި ލިސްޓުގައި ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރިސޯޓުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން، ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކެވެ.
ޖުމްލަ 213 ވިޔަފާރިއެއްގެ ނަން އާންމުކޮށްފައިވާ އިރު، އޭގެ ތެރެއިން 88 ފަރާތަކަށް މީރާއިން ގުޅަން މަސައްކަތްކޮށް، ނުގުޅިފައިވާ ކަމަށް މީރާއިން ބުނެ އެވެ.
ލިސްޓުގައިވާ 213 ފަރާތުގެ ތެރެއިން 21 ފަރާތަކީ ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކެވެ.