10 Jan 2018, 10:19
ކެރިބިއަން ސަރަހައްދަށް 7.6 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން އެމެރިކާ އާއި ބްރިޓިޝް ވާޖިން އައިލެންޑްސް އަދި ޕުއެޓޮ ރީކޯ އަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރުދިނުމަށް ފަހު، އިންޒާރު ނަގައިފި އެވެ.
ޔޫއެސް ސުނާމީ ވޯނިން ސެންޓަރުން ވަނީ ހޮންޑޫރަސް ކައިރިއަށް އެ ގައުމުގެ ގަޑިން 10:52ގައި އައި އެބިންހެލުމުގެ ސަބަބުން އެއް މީޓަރު އުސް ރާޅެއް އަރާފާނެ ކަމުގެ އިންޒާރު ފުރަތަމަ ދިނެވެ. ނަމަވެސް ފަހުން އެސެންޓަރުން ވަނީ ޕުއެޓޮ ރީކޯއަށާއި ވާޖިން އައިލެންޑެސްއަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް ލަފާކޮށް، އިތުރަށް މައުލޫމާތު ލިބެންދެން އެސަރަހައްދުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގައިފަ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި އެބިންހެލުން އައީ ހޮންޑޫރަސްއާ 125 މޭލު އިރުއުތުރުން 6.2 މޭލު އަޑިއަށެވެ. އެބިންހެލުމުގެ ސަބަބުން އެއްވެސް ބަޔަކަށް އަނިޔާވި ކަމުގެ ރިޕޯޓުކޮށްފައި ނުވާ ކަމަށް ބައެއް ނޫސްތަކުގައިވެ އެވެ. (ގާޑިއަން)