Back
Nov 23, 2025 SUN
SUN

މިއަހަރުގެ "ސްޕޯޓްސް ފޯ އޯލް" ގަމާއި ފޮނަދޫގައި

މިއަހަރުގެ "ސްޕޯޓްސް ފޯ އޯލް" ގަމާއި ފޮނަދޫގައި
Lead photo

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ބާއްވާ "ސްޕޯޓްސް ފޯ އޯލް"ގެ ހަރަކާތްތައް މިއަހަރު ލ. ގަމާއި އެ އަތޮޅު ފޮނަދޫގައި ކުރިއަށްގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.

މިއަހަރުގެ ސްޕޯޓްސް ފޯ އޯލްގެ ހަރަކާތްތައް ގަމާއި ފޮނަދޫގައި ކުރިއަށްގެންދާނީ އަންނަ މަހުގެ 16 އިން 17 އަށެވެ. މިއަހަރު ކުރިއަށްގެންދާ ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ ފުޓްސަލް، ބަށި، ވޮލީ، ވާދެމުން އަދި ހޭންޑް ބޯޅައެވެ.

މިއަހަރުގެ ސްޕޯޓްސް ފޯ އޯލްގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާ އިރު، ބައިވެރިވުމުގެ ފަހު މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމް، ލ. އަތޮޅުގެ ޔޫތު ސެންޓަރުތަކުން ލިބޭނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

ކުރިން 'ސްޕޯޓްސް ފޯ އޯލް' ޕްރޮގްރާމް ވެގެންގޮސްފައިވަނީ ވަރަށް މަގްބޫލު ޕްރޮގްރާމަކަށެވެ. އެގޮތުން 2001 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި 12 އަހަރު މި ޕްރޮގްރާމް ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައެވެ. 2012 ވަނަ އަހަރު 'ސްޕޯޓްސް ފޯ އޯލް' މެދުކެނޑުމަށްފަހު އަލުން ފެށީ 2016 ވަނަ އަހަރުގައެވެ. އެ އަހަރުގެ ސްޕޯޓްސް ފޯ އޯލް ބާއްވާފައިވަނީ ފުވައްމުލަކުގައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics