އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު އަބްދުއްރަހީމް ހަމަޖައްސަވައިފި އެވެ.

ޝުޖާއު މީގެ ކުރިން ހުންނެވީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް އަރަބިކް ލޭންގުއޭޖް ގެ ޑީންގެ މަގާމުގަ އެވެ.

ޝުޖާއު އަކީ ސައެންސް އެންޑް އެޑިޔުކޭޝަންގެ ރޮނގުން ފުރަތަމަ ޑިގްރީ އަދި އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓްގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖައްސަވާފައި ވަނީ ކުރިން އެމަގާމުގައި ހުންނެވި ޝައިޚް ނަސްރުﷲ މުސްތަފާ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އޮޅުވާލައިގެން ހަތަރު މީހަކު ހައްޖަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ނަސްރުﷲ ވަނީ މިދޔަ އަހަރުގެ ތެރޭގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ.