09 Jan 2018, 11:21
ގާނޫނުގެ ބާރު ދެމެހެއްޓެވުމުގައި ރައީސް އަބްދުﷲ ޔާމީން "ބޮޑު ކެކުރިއެއް، ކުޑަ ކެކުރިއެއް" ތަފާތު ނުކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
މިއަދު އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ހަތުރުން ކިތަންމެ ހިތްދަތި ވިޔަސް ރައީސް ޔާމީން ގެންދަވަނީ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވަމުން ކަމަށެވެ.
"ރައްޔިތުން ބޭނުންވާ ގޮތަށް ތަސްވީރުގައި ކުލަ ޖައްސަވަމުން. ކިތަންމެ ރުޅިއަޔަސް ރައީސް ޔާމީން ގާނޫނުގެ ބާރު ދަމަހައްޓާވާނެ" އަދުރޭގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
Gulhifaivaa 4 hathurun kithanme hiydhathiviyas IA,RY egendhavanee rayyithunge unmeedhuthah furihama kohdhehvamun.Rayyithun beynunvaa gothah thasveeruga kula jahsavamun.kithanme rulhi ayas RY Gaanoon ge baaru dhamahattavaane.bodu kekuri’eh kuda kekeuri’eh thafaatheh nukurahvaane.
— Abdul Raheem Abdulla (@Banafsaa)January 9, 2018
އަދި ގާނޫނީ ބާރު ދެމެހެއްޓެވުމުގައި ބޮޑު ކެކުރިއެއް، ކުޑަ ކެކުރިއެއް ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވެ އަދުރޭ ވަނީ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ބަހުގެ ހަމަލާއެއް ފޮނުވާލައިފަ އެވެ.
ކުޑަ ކެކުރި އާއި ބޮޑު ކެކުރީގެ ވާހަކަ އަކީ ރައީސް މައުމޫނު އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅެކެވެ.