09 Jan 2018, 12:22
އެޕަލް ކުންފުނިން އައިފޯނުގެ ސްޕީޑުު ގަސްތުގައި ދަށްކުރާ ކަމަށް ބުނެ، ފްރާންސުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
"ޕްލޭންޑް އޮބްސޮލެސެންސް"، ރޭވިގެން އެއްޗެއް ބޭނުންކުރެވޭ މުއްދަތު ކުރު ކުރުމަކީ ފްރާންސްގެ ގާނޫނުތަކުގެ ދަށުން މަނާ ކަމެކެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި، އެޕަލް ކުންފުނިން ވަނީ އައިފޯނުގެ ސްޕީޑު ދަށްކުރާ ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެކަން ކުރަނީ އައިފޯނުގެ ބެޓެރީގެ އުމުރު ދިގުކުރުމަށް ކަމަށް ވެސް އެޕަލްއިން ބުންޏެވެ.
ކުރީގެ ވާޝަންތަކުގެ ފޯނުތަކުގެ ސްޕީޑް ދަށްކުރުުވީ ބެޓެރީގެ އުމުރު ދިގުކޮށް، ކުއްލިއަކަށް ފޯނު ނިވޭ މައްސަލައިން ދުރުވުމަށް ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަނީ ފްރާންސްގެ އިކޮނޮމިކް މިނިސްޓްރީގެ ކޮންސިއުމާ ޕްރޮޓެކްޝަން އޭޖެންސީންނެވެ.
ކޮންސިއުމަރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފްރާންސްގެ ލޮބީ ގްރޫޕަކުން ޑިސެމްބަރު މަހު އެގައުމުގެ ކޯޓަކަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މައްސަލަ ބަލާ އިރު، އެ ގްރޫޕުން ބުނީ އެޕަލްގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލާ ހަމައެކަނި ގައުމަކީ ފްރާންސް ކަމަށެވެ.
އެ މައްސަލަ އެޕަލްއާ ދެކޮޅަށް ނިމިއްޖެ ނަމަ، އެޕަލްގެ އަހަރީ ފައިދާ އިން ފަސް ޕަސަންޓާ ހަމައަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިދާނެ އެވެ. ނުވަތަ އިހުމާލުވާ ފަރާތް ޖަލަށް ލުމަށް ވެސް ހުކުމް ކުރެވިދާނެ އެވެ.